މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮންނަން ޖެހޭ: މަޖިލިސް ރައީސް އަބްދުއްރަހީމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭ އިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މަގާމުން ވަކި ކުރުމުގެ ފުރުސަތު އޮންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ރައްޔިތުން އިންތިހާބު ކުރާ ގައުމުގެ އެންމެ މަތީ ވެރިޔާ. ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނައިރު އެއަށްވުރެ ކުޑަ އާބާދީއަކުން ހޮވާ މަޖިލިސް މެންބަރުން ވަކި ކުރުމުގެ ބާރުވެސް މަޖިލީހަށް އިންނަން ޖެހޭނެ ކަމަށެވެ.

މެންބަރުން ވަކިކުރެވޭނެ ގޮތެއް ޤާނޫނުގައި ނެތް. އެންމެ މަތީ ވެރިޔާ ބަދަލުކުރުމުގެ ފުރުޞަތު އޮވޭ. އޭގެ ދަށަށް އިންތިޚާބުކުރާ މީހުން ވަކިކުރެވޭނެ ފުރުޞަތު ނެތުމަކީ މި ޒަމާނަށް ފެތޭ ކަމެއް ނޫން. އަދި ޤަބޫލެއް ނުކުރަން އެހެންކަމަށް އެކަން އޮންނަންވާނީ.

ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި 20 ވަނަ މަޖިލީހުގެ ދައުރުގެ ތެރޭގައި މި ބަދަލުތައް ގެނައުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.

އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ