އިންޑިއާއިން ކުޅުދުއްފުށްޓަށް ޕެރިޝަބަލް ގުޑްސް ގެންދިއުމަށް މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މުދާ އުފުލާ ބޯޓުތަކުގެ ދަތުރުތައް އިންޑިއާއިން ސީދާ ކުޅުދުއްފުއްޓަށް ފެށުމަށް، މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޭސްބުކްއަށް ދޫކުރި ޕޯސްޓެއްގައި ބުނީ ޕެރިޝަބަލް އަދި ޖެނެރަލް ކާގޯ އުފުލާ ބޯޓުތައް އިންޑިއާގެ ޓުޓިކޮރިންއިން ކުޅުދުއްފުށި ސިޓީއަށް ސީދާ ދަތުރުތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސީ.އީ.އޯ މުޙައްމަދު ވަޖީހް އިސްމާއީލް އަދި މެނޭޖްމަންޓްގެ ޓީމުން ވަނީ މިއަދު ކުޅުދުއްފުށި ސިޓީގެ ބައެެއް ވިޔަފާރިވެރިންނާއި ބައްދަލުކޮށްފައި ކަމަށެވެ.

އެމްޕީއެލް އިން ވަނީ މީގެ ކުރިން އައްޑޫއަށްވެސް ހަލާކުވާ ޒާތުގެ މުދާ އުފުލާ ބޯޓުތަކުން އެތެރެ ކުރަން ފެށި ކަމަށް ބުނެފަ އެވެ.

އައްޑޫއަށް އިންޑިއާގެ ފުރަތަމަ ޝިޕްމަންޓް ގެނައި ބޯޓު ހިތަދޫ ޕޯޓަށް އައީ ޖުލައި 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުންޏެވެ.

އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ ސިޓީއަށް ގެނައި 150 ޓަނުގެ ޕެރިޝަބަލް މުދާ ބޭލުމުގެ މަސައްކަތް ހިތަދޫ ޕޯޓުން ކުރިއަށް ގެންގޮސްފައި ވެއެވެ.

އެމްޕީއެލް އިން ބުނީ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އިންޑިއާގެ ކުންފުންޏަކުން އައްޑޫއަށް މޭވާއާއި ތަރުކާރީ ފަދަ ހަލާކުވާ ޒާތުގެ ނުވަތަ ޕެރިޝަބަލް ގުޑްސް ގެންނަން ފެށުމަށް ހަމަޖެހުނު ކަމަށެވެ.

މީގެ އިތުރަށްވެސް އެމްޕީއެލް އިން ދަނީ ސަރަހައްދީ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރަމުން ނެވެ. އެގޮތުން ކުޅުދުއްފުށީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގާއިމުކުރަމުންދިޔަ ބޯޓުޔާޑުގެ މަސައްކަތް ނިމި، ވަރަށް އަވަހަށް ހިދުމަތް ފެށޭނެ ކަމަށް ސެޕްޓެމްބަރު މަސް ތެރޭގައި ވަޖީހު ވިދާޅުވެފައި ވެއެވެ.

ކުޅުދުއްފުށީގައި ފައިބަރު މަސައްކަތް ކުރާ ބޯޓުޔާޑެއް ގާއިމުކުރާއިރު، ތިލަފުށީގައި އޮތް އެމްޕީއެލްގެ ބިމެއްގައި ދަގަނޑު ބޯޓުފަހަރު ބަނުމުގެ މަސައްކަތް ކުރުމަށްވެސް ނިންމާފައިވާކަމަށް ވަޖީހު ވިދާޅުވި އެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްރަށުގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ބޯޓުފަހަރު މަރާމާތުކޮށް ބެލެހެއްޓުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

އައްޑޫ ސިޓީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ