ރައީސުލްޖުމްހޫރިއްޔާ 40 ބޭފުޅަކަށް މަތީ ދަރަޖަ ހޯދުމުގެ އިނާމް ދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދަރުބާރުގޭގައި ބޭއްވުނު ރަސްމީ ޖަލްސާއެއްގައި މަތީ ދަރަޖަ ހޯދާފައިވާ 40 ބޭފުޅަކަށް ޚާއްޞަ މެޑެއްޔާއި ހަނދާނީ ލިޔުން ދެއްވައިފި އެވެ.

މި އިނާމު ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގަ އެވެ.

މި އިނާމު ލިބިވަޑައިގަތް ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދު ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯއްދެވި ދެ ބޭފުޅުން ހިމެނެއެވެ. އެއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ޑީން ޑރ. އާއިޝަތު ޝިނާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. ޚަދީޖާ ރަޝީދެވެ.

މީގެ އިތުރުން، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 38 ބޭފުޅުންނަށްވެސް މި އިނާމު ލިބިވަޑައިގަތެވެ. މި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކިޔަވާ ވިދާޅުވެފައިވާ ދަރިވަރުންނާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ހިމެނެ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަތީ ތަޢުލީމު ހާސިލުކުރުމަކީ ޤައުމުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށާއި، މި ފަދަ އިނާމުތައް ދިނުމުގެ މަޤްޞަދަކީ ދިވެހި ދަރިވަރުން އިތުރަށް ހިތްވަރުދިނުން ކަމުގަ އެވެ. އަދި މި ފަދަ ކާމިޔާބީތައް ހޯއްދަވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ތަޢުލީމީތަޢުލީމީ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯއްދެވުމަށް ހިތްވަރު ދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ