އެންވާރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް، ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އަޒަރުބެއިޖާނަށް މިއަދު ފުރާވަޑައިގެންފި އެވެ.
އެންވާރަމެންޓް މިނިސްޓްރީން ބުނީ މިއީ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އަޒަރުބައިޖާންގައި ބާއްވާ ޔޫއެންއެފްސީސީ ކޮޕް 29 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
”މިނިސްޓަރުގެ ދަތުރަކީ ނޮވެމްބަރު 11 އިން 22 އަށް އަޒަރުބައިޖާނުގެ ބަކޫގައި ބާއްވާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ މުއާހަދާ، ކޮޕް29 ގެ 29 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް“
މި ބައްދަލުވުން ކުރިއަށްގެންދާނީ އަޒަރްބައިޖާންގެ ބަކޫ ސްޓޭޑިއަމްގަ އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ކޮޕް 29 ގެ ހަވާސާގައި ވަރަށް ބައިވަރު ސައިޑް އިވެންޓްތައް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ ސައިޑް އިވެންޓެއް އެ ކޮންފަރެންސްގެ ތެރޭގައި ބޭއްވޭނެ އެވެ.
އެޓޯލްސް ނޭޝަންސްގެ ޗެއަރގެ ހައިސިއްޔަތުން ސަސްޓެއިނަބަލް ކޮރަލްރީފް މެނޭޖްމަންޓާ ގުޅޭ އިވެންޓެއް ރާއްޖެއިން ހޯސްޓް ކުރުމަށްވެސް ހަމަޖެހިފައި ވެއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ ކްލައިމެޓް އެޑަޕްޓޭޝަން މިނިސްޓީރިއަލް ޗެމްޕިއަންގެ ހައިސިއްޔަތުން މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ. އެއާއެކު، ލޮސް އެންޑް ޑެމޭޖް ފަންޑަށް ފައިސާގެ ކޮންޓްރިބިއުޝަން އިތުރުކުރުމަށް ކޮޕް 29 ގައި ވަކާލާތު ކުރައްވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރަށްވެސް، ރާއްޖޭގެ ބައިނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް ލޯންޗްކުރުމަށް ސައިޑް އިވެންޓެއް ބޭއްވުމަށްވަ ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ