އާބާދީ 500 ހަމަނުވާ 55 ރަށެއް އެބައޮތް، ހައްލަކީ އެއްފަސްކުރުން: ހައިދަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 55 ރަށުގައި 500 މީހުން ހަމަނުވާ ކަމަށާއި، ދިވެހިރާއްޖޭގެ އާބާދީއާއި ތަރައްގީ އެއްފަސްކޮށްގެން މެނުވީ ހުރިހާ ދިވެހީންނަށް ބޭނުންވާ ޚިދުމަތެއް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ”ރާއްޖެ މިއަދު“ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، މާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށް އޮތްއިރު، އޭގެ ތެރެއިން 55 ރަށަކީ އާބާދީގައި 500 މީހުން ވެސް ހަމަނުވާ ރަށްތައް ކަމަށެވެ، އަދި އާބާދީ މަދު ރަށްތަކުގައި އަސާސީ ޚިދުމަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ކަމަށެވެ.

މިނިސްޓަރ ހައިދަރު ވިދާޅުވި ގޮތުގައި، އާބާދީ މަދު ރަށްތައް ތަރައްގީކުރުމުގެ ބަދަލުގައި ވަކި ރަށްތަކަކަށް އަމާޒުކޮށްގެން ތަރައްގީ ގެނެވިއްޖެނަމަ، ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާން ޖެހިފައި އޮތްއޮތުމަށް ހައްލު އަންނާނެ ކަމަށެވެ. އަދި މިކަމުގެ ފައިދާ މުޅި މުޖުތަމައަށް ކުރާނެ ކަމަށާއި، ރައްޔިތުންނަށް މާލެއަށް އައުމަކާ ނުލައި ގާތުން ޚިދުމަތްތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވާނީ އެ ރަށަކަށް ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ކަމަށާއި، ސިއްހީ، ތައުލީމީ އަދި އުމްރާނީ އެހެނިހެން ޚިދުމަތްތައް ދެވިފައިހުރި މިންވަރާއި، ރަށް އިތުރަށް ބޮޑުކުރެވޭނެތޯ ބަލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ތަންތަން ތަރައްގީ ކުރާނީ 100،000 މީހުންނަށް ދިރިއުޅެވޭ ގޮތަށެވެ. އެ ތަންތަނުގެ އާބާދީ 100،000އަށް ގެނެސްގެން ނޫނީ މަތީ ފެންވަރުގެ ޚިދުމަތްތައް ދޭން އުނދަގޫވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި މަޝްރޫއު ފަށައިގަތުމަށް ފަސް އަހަރު ދުވަސް ނަގާނެ ކަމަށާއި، އަދި އާބާދީ 100،000 އާ ހަމައަށް ގެނައުމަށް އިތުރު ދުވަސްކޮޅެއް ނަގާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ