ބޮޑީބިލްޑިންގ މުބާރާތް ބޭއްވުމުން ޝަހީމްގެ ހިތްހަމަނުޖެހުން؛ ވިދާޅުވީ އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޮޑީބިލްޑިންގ މުބާރާތް ރާއްޖޭގައި ބޭއްވުމުން އެކަމާ ހިތްހަމަނުޖެހި ވަޑައިގެން އެއީ މުސްލިމުން ކޮށްގެންވާނެކަމެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކާ ހަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި ގައުމުގެ އިޖުތިމާއީ ކަރާމަތު ނަގަހައްޓާ އިސްލާމީ ސަގާފަތު ރައްކާތެރި ކުރަން ޖެހޭކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން. ޤައުމުގެ އިޖްތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރިކުރަންޖެހޭ. ޤުރުއާން ބާވައިލެއްވުނީ ހިދާޔަތެއްގެ ގޮތުގަ.

މިމަހުގެ 5 އިން 11 އަށް އައްޑޫގައި ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިސިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ބަރަހަނާ މަންޒަރުތަކެއް ފެނިގެން ދިއުމުން ސޯޝަލް މީޑިއާގައި ގިން ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މީގެ ކުރިން ރާއްޖޭގައި ބޭއްވި ގައުމީ ބޮޑީ ބިލްޑިންގ މުބާރާތާއި ރާއްޖޭގެ އަންހެނަކު މިސް ޔުނިވާސްގައި ބައިވެރިވާ ދާން އުޅުމުންވެސް އެތަށް ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ. މި މައްސަލަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ