ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

’އޮޅު ހިޔާ‘ މަރުކަޒަށް ބޭނުންވާ ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

މާލެސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ސިޓީ ކައުންސިލުން ބުނީ، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރު މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަން، މީޓިންގް ރޫމްއިން މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

އަގު ހުށަހެޅުން ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ސިޓީ ކައުންސިލުން ބުނީ އެ ގަޑިތަކަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށެވެ.

އެ ބީލަމުގައި އަގު ހުށަހަޅަން ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ދިވެހި ޕާޓްނާޝިޕް, ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލޭ ސިޓީ ކައުންސިލުން ގާއިމްކުރި ބުޅާ ފެސިލިޓީ, އޮޅު ހިޔާ ހުޅުވާފައިވަނީ މި މަހުގެ 2 ވަނަ ދުވަހެވެ.

”އޮޅު ހިޔާ“ އަކީ މި ސަރުކާރުން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ.

މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ