މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ފްލެޓްގައި މީހާކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުންގެ ވަނަވަރު ފުލުހުން ހާމަކޮސްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 12 މީހުންނަކީ:
- އަލްމާން އަލީ ހާލިދު (22އ), ވެހި, ގދ. ވާދޫ
- މުހައްމަދު އިޒްކާން (18އ), މ.ހަތިކަނޑު, މާލެ
- އިޒާން އަހްމަދު (18އ), ޒުނައިޓްވިލާ, ކ. ގުރައިދޫ
- އަހްމަދު ޒާހިރު (36އ), ދަންމަރު, ށ. ފޯކައިދޫ
- އާދަމް ހުސައިން (48އ), ޖަމީލާމަންޒިލް, ލ. މާވަށް
- އިބްރާހީމް ނަޝީދު (34އ), ހިޔަލީގުލްޝަން, ލ. އިސްދޫ
- އަހްމަދު ސަމީހު (22އ), ނައިޓްސްޓާރ, ބ. ގޮއިދޫ
- އިސްމާއީލް ވިސާމް މުހައްމަދު (29އ), ވ. ގާމާ, ކ. މާލެ
- ވިޝާމް މުހައްމަދު (23އ), ޗިޗަންޑާގެ, ގދ. ވާދޫ
- ވިސާމް މުހައްމަދު (30އ), ހުޅުޏާލެ ހިޔާ 14-17-03,
- މުޝްތާގު ޝާކިރު (37އ), ޖަނަވަރީގެ, ގދ. ވާދޫ
- ހަސަން ޣާލިބު (38އ), އާރެސް, މ. ކޮޅުފުށި
ފުލުހުން މިއަދު ބުނީ އޭގެ ތެރެއިން 5 މީހަކު ތިން ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު ބާކީ 7 މީހުން ބަންދުކޮށްފައިވަނީ 9 ދުވަހަށް ކަމަށެވެ.
ރަހީނުކޮށްފައި ހުރީ H9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމެންޓުގައި ކަމަށާއި ފުލުހުން ވަނީ އެޕާޓްމެންޓްގެ ދޮރު ވައްޓާލައިގެން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އަދި ފުލުހުން އެތަނަށް ވަން އިރު، ރަހީނުކުރި މީހާގެ ބޯ ބާލުވާފައިވާ ކަމަށާއި، އޭރު އެމީހާގެ އިނގިލި ބުރިކޮށްލަން މަސައްކަތް ކުރަމުންދިޔަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 12 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، އެ 12 މީހުންގެ ބައިވެރިވުން މިކަމުގައި އޮތް ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ، އެކަން ޔަގީން ކުރެވިގެން ދާނީ ތަހުގީގު ކުރިއަށްދާ މިންވަރަކުން ކަމަށެވެ.