މާލެއިން މީހަކު ރަހީނުކުރި މައްސަލައިގައި 12 މީހުން ހައްޔަރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭގައި މީހަކު ރަހީނުކޮށްގެން ހިންގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން 12 ދިވެހި ފިރިހެނުން ފުލުހުން ހައްޔަރުކޮށްފީ އެވެ.

މި މައްސަލައިގައި ރަހީނުކުރެވުނު ފަރާތް ބަހައްޓާފައިވަނީ ހިޔާ ފްލެޓްތަކުގެ ތެރެއިން އެޗް9-20-11 ގައި ކަމަށް ވަނީ ހާމަވެފަ އެވެ.

ފުލުހުންގެ އޮފިސަރެއް މަޢުލޫމާތު ދެއްވި ގޮތުގައި، ރަހީނުކުރެވުނު ފަރާތް ސަލާމަތްކުރެވުނީ އެ މީހާގެ އިނގިލިތައް ބުރިކޮށްލަން އުޅެނިކޮށެވެ. އަދި މައްސަލާގައި ޝާމިލްވާ 12 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުށްކުރާ މީހުންނާ ދޭތެރޭ ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ސަރުކާރަށް ވަރަށް މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ފްލެޓްގައި ކުރިންވެސް ޑްރަގްގެ ވިޔަފާރި ކުރާ ކަމަށް ޝައްކުވެގެން ރެއިޑް ކުރެވިފައިވެ އެވެ. ނަމަވެސް މި ފަހަރު މީހަކު ރަހީނުކޮށްފައިވަނީ ފައިސާ ނުވަތަ ޑްރަގްގެ މުޢާމަލާތަކާ ގުޅިގެންކަން އަދި ސާފުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރަހީނުކުރެވުނު ފަރާތަކީ މަސްވެރިއެއް ކަމަށާއި، އޭނާ ރަހީނުކުރި މީހުން އޭނާއަށް އެނގޭ ކަމަށްވެސް ވިކްޓިމް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ ލިބުނު އިންޓެލިޖެންސް ރިޕޯޓްތަކަށް ބިނާކޮށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި މައްސަލައިގެ އިތުރު ތަފްސީލު، އޭގެ ނާޒުކުކަމުގެ ސަބަބުން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ހިޔާ ފްލެޓްތަކުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ފޭރުމާއި ޑްރަގްގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ. މި ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު ވަނީ ކުށްކުރާ ޒުވާނުން ޖަލަށް ދިއުމުގެ ބަދަލުގައި ޤައުމަށް ފައިދާހުރި ބަޔަކަށް ވުމަށް ގޮވާލައްވާފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ