އަންނަ އަހަރަކީ ޕޭމަންޓް ގޭޓްވޭތަކާއެކު ޕޭޕަލްގެ ހިދުމަތް ލިބޭނެ އަހަރަކަށް ވެގެންދާނެ: ސައީދު

Advertisement

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރަކީ ޕޭމަންޓް ގޭޓްވޭތަކާއެކު ޕޭޕަލްގެ ހިދުމަތް ލިބޭނެ އަހަރަކަށް ވެގެންދާނެ އަހަރެއް ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިގޮތަށް ވިދާޅުވީ މިއަދު މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރުން ޕޭޕަލްގެ ފަރާތްތަކާއިއެކު ކުރަމުންދާ މަޝްވަރާގެ ތެރެއިން އަންނަ އަހަރު ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްވުމުގެ އުންމީދު އެބައޮތް ކަމަށެވެ. ރާއްޖެއަކީ ކުޑަ މާކެޓެއް ނޫން ކަން ދުނިޔެއަށް ހާމަކޮށްދޭނެކަމަށް ސައީދު ވިދާޅުވެފައި ވެއެވެ. ރާއްޖެ ކުޑަ ގައުމަކަށްވީނަމަވެސް ޕޭޕަލް ފަދަ މަނިޓައިޒިން އީ-ވޮލެޓްގެ ހިދުމަތްތައް ރާއްޖޭގައި ތައާރަފް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ގެނައުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް މި ހިދުމަތް ރާއްޖޭގައި ފެށިދާނެ ކަމަށެވެ. މި ހުރިހާ ހުރަސްތައް ނައްތާލަން އޮތް ހައްލު ހޯދުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއިއެކު މަޝްވަރާކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.

މިކަން ފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށް ސައީދު ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއިއެކު ދިވެހި ސަރުކާރުން ދަނީ މިކަމަށް ބޭނުންވާ ހުރިހާ މަސައްކަތްތައް ކުރަމުން ކަމަށް ސައީދު ޔަގީންކަން ދެއްވި އެވެ.

ރާއްޖޭގެ ކްރޮސްބޯޑަ ޓްރާންސެކްޝަންއަށް ބޭނުންވެގެން ހޯދަން އެދުނު މައުލޫމާތުތައް މިހާރު ފޯރުކޮށްދީފައިވާ ކަމަށް ޕޭޕަލްއާއިއެކު ބޭއްވުނު ބައްދަލުވުމަށްފަހު މީގެ ކުރިން ސައީދު ވިދާޅުވެފައި ވެއެވެ. ސައީދު ވިދާޅުވީ ސަރުކާރުން ޓާގެޓު ކުރި ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި ވަރަށް އަވަހަށް ޕޭޕަލްއާއެކު ކްރޮސްބޯޑަ ޓްރާންސެކްޝަންތައް ފެށޭނެކަމަށް ލަފާ ކުރެވޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޕޭޕަލް އަކީ އޮންލައިންކޮށް ފައިސާ ފޮނުވުމާއި ލިބުން ފަސޭހަ ކުރުމަށް އުފައްދާފައިވާ އީ-ވޮލެޓް އެޕްލިކޭޝަނެކެވެ. ރާއްޖޭގައި ފުދޭވަރަކަށް މަގުބޫލު ނަމަވެސް މިވަގުތު މި އެޕްލިކޭޝަންގެ ބޭނުން ރާއްޖޭގައި ހަމައެކަނި ކުރެވެނީ ބިދޭސީން ފައިސާ ފޮނުވުމަށެވެ. ދިވެހިންނަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަނެވޭނެ ގޮތެއް ރާއްޖޭގައި ހަމަޖެހިފައި އަދި ނެތެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ