ވެމްކޯއިން ދެމުންގެންދާ ހިދުމަތްތައް ހައްދުންމައްޗަށް ތައާރަފްކޮށް ލ. ފޮނަދޫގެ ރައްޔިތުންނަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.
ވެމްކޯއިން މި ހިދުމަތް ފޮނަދޫއަށް ތައާރަފްކޮށް ރެޖިސްޓްރޭޝަންއަށް ހުޅުވާލާފައިވަނީ އިއްޔެ އެވެ.
ވެމްކޯއިން ބުނީ ފޮނަދޫގެ ގޭބިސީތަކުން ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް މިހާރު ރަޖިސްޓަރީ ކޮށްލެވޭނެ ކަމަށެވެ.
ފޮނަދޫގައި ވެމްކޯއިން ދޭން ފަށާ ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓާވުމަށް ވެމްކޯއިން ވަނީ ފޯމެއް ތައްޔާރުކޮށްފަ އެވެ. މި ފޯމު ފުރިހަމަ ކުރުމުން ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓާ ވެވޭނެކަމަށް ވެމްކޯއިން ބުނެ އެވެ.
ވެމްކޯއިން އަންނަނީ އެ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.