ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ ބައްޕާފުޅު ނިޔާވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރު މާރިޔާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ މިނިސްޓަރު މާރިޔާގެ ބައްޕާފުޅު މުހައްމަދު ޔޫސުފް އަވަހާރަވީ ހަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ.
މަރްޙޫމް މުހައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަކީ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިހުސާންތެރިއެއް.
މީގެ އިތުރުން މުހައްމަދު ޔޫސުފްއަކީ ގިނަ ބަޔަކު ދަންނަ ރަހުމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެއް ކަމަށާއި ހިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މުހައްމަދު ޔޫސުފްގެ އާއިލާއަށް ތައުޒިޔާ ދަންނަވާ، ކެތްތެރިކަން މިންވަރު ކުރެއްވުން އެދޭކަމަށް ވިދާޅުވެފަ އެވެ. އަދި މާތް ﷲ ގެ ދީލަތިވަންތަ ރަހުމަތުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލެހެއްޓެވުން އެދި ރައީސް ވަނީ ދުއާ ކުރައްވާފަ އެވެ.
މުހައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަކީ ކުރީގެ މަޝްހޫރު ވިޔަފާރިވެރި އެކެވެ. އެގޮތުން އޭނާ ވަނީ 1900 ގެ ފަހުކޮޅު ޝިޕިން ވިޔަފާރިކޮށްފަ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު