އަރައްބިއްޔާ ސްކޫލުގެ މަސައްކަތް ލަސްވަނީ ރައްޔިތުންގެ ފައިސާ ސަލާމަތް ކުރަން: މިނިސްޓަރު ޝަފީއު

Advertisement

Advertisement

އެންމެ ފަސް

Advertisement

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ލަސްވެފައިވަނީ ރައްޔިތުންގެ ފައިސާއިން 80 މިލިއަނަށްވުރެ އަގު ބޮޑުކޮށް އެ މަސައްކަތް ކުރަން ޖެހުމުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތުގެ ސްކޯޕަށް އައި ބަދަލާއެކު ޒަމާނީ ފެންވަރަކަށް އަރަބިއްޔާ އެޅުމަށް ކޮންޓްރެކްޓަރާ މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ހުށަހެޅުނު އަގުތައް ބޮޑުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަޅުގަނޑުމެން މަސައްކަތްކުރީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފައްޓަން. އެހެން ނަމަވެސް ފެއްޓުމަށް އަޅުގަނޑުމެން ކުރި މަސައްކަތުން ގަބޫލުކުރެވުނީ ގާތްގަނޑަކަށް ރައްޔިތުންގެ ފައިސާއިން 80 އެތައް މިލިއަން ރުފިޔާ އަގުބޮޑުކޮށްކަން އެކަން ކުރަންޖެހޭނީ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ވެރިކަމާ ހަވާލުވާތާ 100 ދުވަހުގެ ތެރޭގައި ފެށުމަކީ ސަރުކާރުގެ ވައުދެކެވެ. އެކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް އޭރުން އެ މަސައްކަތަށް ހޭދަ ކުރަން ޖެހޭނީ 80 މިލިއަން ރުފިޔާ އަގު ބޮޑުކޮށްކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރުމަށް ޑިލޭއެއް އައީ ރައްޔިތުންގެ 80 މިލިއަން ރުފިޔާ ވަރު ސަލާމަތް ކުރުމަށްޓަކައި ކަމަށާއި އެއީ ހަމަ ރަނގަޅު އެދެވިގެންވާ ޑިލޭއެއްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ސްކޫލުގެ އިސް ބެލެނިވެރިންނާއި ޕީޓީއޭއާ ހިއްސާކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އެޑިއުކޭޝަން މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ