ފެނާއި ނަރުދަމާގެ ދާއިރާއަށް އިމަޖެންސީ ރެސްޕޮންސް ޕްލޭނެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ފެނާއި ނަރުދަމާގެ ދާއިރާއަށް އެމަރޖެންސީ ރެސްޕޯންސް ޕްލޭން ތައްޔާރުކުރުމަށް އެކުލަވާލާ ގައިޑްބުކް އަދި ޓެމްޕްލޭޓް ފައިނަލް ކުރުމަށް ވެލިޑޭޝަން ވޯކްޝޮޕެއް އިއްޔެ ބާއްވައިފި އެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގައި ބޭއްވުނު މި ވޯކްޝޮޕްގައި ކަމާގުޅޭ 15 މުއައްސަސާއަކުން 31 ފަންނީ ބޭފުޅުން ބައިވެރިވި އެވެ.

މި ވޯކްޝޮޕްގެ މަގްސަދަކީ ރަށްރަށުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކާއި، އެ ނިޒާމުތައް ހިންގައި ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދިމާވެދާނެ ކުއްލި ކާރިސާއަކާ ގުޅިގެން ނުވަތަ ނުރައްކާތެރި ހާލަތްތަކުގައި އަމަލު ކުރާނެ އެމަރޖެންސީ ރެސްޕޯންސް ޕްލޭނެއް އެކުލަވާލުމަށް އެހީތެރިވުމެވެ.

ވޯކްޝޮޕް ފައްޓަވައިދެއްވި އެންވާރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރައްޔިތުންނަށް ރައްކާތެރި އަދި ދެމެހެއްޓެނިވި ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މިއީ ފެނާއި ނަރުދަމާގެ ދާއިރާއަށް ޚާއްޞަކޮށްގެން އެމަރޖެންސީ ރެސްޕޯންސް ޕްލޭނެއް އެކުލަވާލުމަށް މަސައްކަތްކުރެވޭ ފުރަތަމަ ފަހަރު ކަމަށްވެސް ވިދާޅުވި އެވެ.

މި ގައިޑްބުކްގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ހިރާސްތައް ވަޒަންކުރުމާއި، އިސްލާހީ ފިޔަވަޅުތައް ދެނެގަތުން ހިމެނޭނެއެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއްވެސް ހިމެނޭނެ އެވެ.

މި ގައިޑްބުކާ އެކު، ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކޮންމެ ރަށެއްގައި އެމަރޖެންސީ ރެސްޕޯންސް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށިގެންދާނެ އެވެ. މި ޕްލޭންގައި ފެނުގެ ކުއަލިޓީއާ ގުޅޭ މައްސަލަތަކާއި، ނަޖިސްފެން ލީކުވުމާއި، އުދައެރުން، ފެންބޮޑުވުން ފަދަ ކާރިސާތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ލިބިދާނެ ގެއްލުންތަކަށް އަލިއަޅުވާލެވޭނެ އެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ