މަސްވެރިކަން ރަނގަޅުވާން 2-3 މަސް ދުވަސް ނަގާފާނެ ކަމަށް އޮސްޓްރޭލިޔާއިން ބުނި: ޝިޔާމް

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްވެރިކަން ރަނގަޅުވާން 2-3 މަސް ދުވަސް ނަގާފާނެ ކަމަށް އޮސްޓްރޭލިޔާގެ ކަމާއި ބެހޭ އިދާރާއިން ބުނި ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މައުލޫމާތު ދެއްވައިފި އެވެ.

ޝިޔާމް މިގޮތަށް މައުލޫމާތު ދެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖެއަށް އާންމުގޮތެއްގައި ނޮވެމްބަރު މަސް ތެރޭގައި މަސްވެރިކަން ރަނގަަޅުވާން ފަށާ ކަމަށެވެ. ނަމަވެސް، ކަނޑުގެ މަތީ ފަށަލަ ހޫނުވާ ދުވަސްވަރު މަސްވެރިކަން ހީނާރުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޝިޔާމް އޮޅުންފިލުވާދެއްވި ގޮތުގައި ރާއްޖޭގައި މަސްވެރިކަން ކުރަނީ ހަމައެކަނި ސާފޭސް އިން ނެވެ. ކަނޑުގެ ފުނުގައި މަސް ކިތަންމެ ގިނައިން ތިއްބަސް، ކަނޑުގެ މަތީ ފަށަލައަށް އަރާ މަސް ނޫން އިތުރު މަހެއް ނުބޭނޭ ކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”މޫސުމީ ބަދަލާއި ރާއްޖޭގެ މަސްވެރިކަމާއި ވަރަށް ބޮޑަށް ގުޅުންހުރި. ރާއްޖޭގައި ކަޅުބިލަމަހަށްވިޔަސް ކަނޑުމަހަށްވިޔަސް، މަސްވެރިކަން މި ކުރަނީ“

މިނިސްޓަރު ވިދާޅުވީ މިއީ ހަގީގަތުގައި މުޅި އިންޑިޔާ ކަނޑުގައިވެސް މަސްވެރިކަން ދަށް ދުވަސްވަރެއް ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އޮސްޓްރޭލިޔާގެ ކަމާއި ގުޅުންހުރި އިދާރާއިން ނެރުނު ސައިންޓިފިކް ލިޔުންތަކާއިި ހަވާލާދީ ޝިޔާމް ވިދާޅުވީ އިންޑިޔާ ކަނޑުގެ ފަށަލަ ހޫނުވުން އިތުރު 2-3 މަހަށް ދިގުލައިގެން ދިއުން އެކަށީގެންވާ ކަަމަށެވެ.

”އެއީ ވަރަށް ދެރަ ކަމެއް. ވަރަށް ގިނަ އާއިލާތަކުން މަސްވެރިކަމަށް ބަރޯސާވޭ. އެހެން ނަމަވެސް، ދިވެހިންނަކީ ފެނުގެ މަސްވެރިކަމަށް ބަރޯސާވާ ބައެއް“

މަސްވެރިކަން މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ