ޖެޓް ހޭންޑްލިންގެ ވިޔަފާރިއާއި ސީ-ޓު-އެއާ ކާގޯގެ ހިދުމަތުން ފައިދާ ލިބޭގޮތަށް ގަވާއިދު ބަދަލު ކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖެޓް ހޭންޑްލިންގެ ވިޔަފާރިއާއި ސީ-ޓު-އެއާ ކާގޯގެ ހިދުމަތުން ފައިދާ ލިބޭގޮތަށް ގަވާއިދަށް ބަދަލު ގެންނަން އުޅޭ ކަމަށް މިނިސްޓަރ އޮތް ޓްރާންސްޕޯޓް މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖެޓް ހޭންޑްލިންގ ވިޔަފާރި ރެގިއުލޭޓްކޮށް އާމްދަނީ ބޭރަށް ދިއުން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ޖެޓް ހޭންޑްލިންގެ ވިޔަފާރި މިހާރު ކުރަމުންދަނީ ދިވެއްސެއް ނަންމަތީ ބޭރު މީހުން ކަމަށް ވަޒީރު މައުލޫމާތު ދެއްވި އެވެ. އޭގެ ސަބަބުން މިކަމުން ލިބޭ އާމްދަނީ ގައުމުން ބޭރަށް ދެ އެވެ.

”ރައީސްގެ ވިސްނުންފުޅެއް ނޫން ބޭރުގެ ފަރާތްތަކަށް މަންފާވާ ގޮތަށް ކުންފުނިތައް ހިންގުމަކީ. ވަރަށް ހަރުދަނާ ބަދަލުތަކެއް އަޅުގަނޑުމެން މިއަންނަ އަހަރަށް ގެންނާނަން. ސަރުކާރުން ބޭނުންވަނީ މިކަމުން މަންފާ ލިބޭ ކުންފުނިތަކަކީ 100 އިންސައްތަ ދިވެހި ކުންފުނިތަކުގެ ގޮތުގައި ބޭއްވުމަށް“

އަމީން ވިދާޅުވީ ޕްރައިވެޓް ޖެޓް ހޭންޑްލް ކުރުމަކީ ވަރަށް ކުރީއްސުރެ ރާއްޖެއިން ދެމުންގެންދާ ހިދުމަތެއް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން މަގްބޫލުކަމުން ރާއްޖެއަށް މިފަދަ ޖެޓްތައް ވަރަށް ގިނައިން އަންނަ ކަން އަމީން ފާހަގަކުރެއްވި އެވެ. ނަމަވެސް ނެތްވޯކް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ނެތުމުން ކައިރި ބައެއް ގައުމުތަކުގެ ކުންފުނިތަކުންނާއި ފަރާތްތަކުން ދިވެއްސެއްގެ ނަންމަތީ އުޖޫރައެއް ލިބޭގޮތަށް އެކަމުން ލިބޭ ހުރިހާ މަންފާއެއް ހޯދަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ބޮޑެތި އެއާލައިންތަކުގެ ޖީއެސްއޭ، ޕީއެސްއޭވެސް މިކަހަލަ ގޮތަކަށް ރާއްޖޭގައި ހިނގަމުންދާކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އެއީ އެއް ގައުމެއް ދެ ގައުމެއް އެއްކޮށްލައިގެން ދިވެހި ކުންފުންޏެއްގެ ނަމުގައި އުފައްދާފައި، ދިވެއްސަކު ބަހައްޓައިގެން ކުރާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ވީމާ، މިކަން ގާނޫނު މެދުވެރިކޮށް މިކަމުން މަންފާ ލިބޭ ފަރާތްތަކކަީ 100 އިންސައްތަ ދިވެހި ކުންފުންޏަކަށް ހެދުމަށް އާ ގަވާއިދުތައް އަންނަ އަހަރު އެކުލަވާލާނެ ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ. ދިވެހި ކުންފުންޏެއް ހަދާފައި ބޭރުގެ ފަރާތްތަކަށް މަންފާ ދިނުން ހުއްޓުވުމަށް ކުންފުނިތައް އޮޑިޓް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ