ސިޔާސީ ޕާޓީގެ ގާނޫނާ ހިލާވެއްޖެނަމަ ޕާޓީ ޖޫރިމަނާ ކުރާ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެއްޖެނަމަ ގާނޫނާ ހިލާފުވާ ޕާޓީއެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އޮކްޓޫބަރު 30، 2024 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް ފައްޓާފައިވަނީ ނޮވެމްބަރު 4، 2024 ގައި ބޭއްވި މަޖިލިސް ޖަލްސާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް ފެނޭތޯ ވޯޓަށް އަހާފަ އެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފެންނަކަމަށް 60 މެންބަރުން ވޯޓު ދެއްވި އިރު މި ބިލާ ދެކޮޅަށް 5 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

ސަރުކާރުގެ ފަރާތުން މި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެއްޖެނަމަ އެ ޕާޓީއެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމުގައި ދައުލަތުގެ ބަޖެޓުގައި ލަފާކުރާ އާމްދަނީގެ 0.1 އިންސައްތައާއި 0.2 އިންސައްތައަށް ބެލުމާއި އެއްވެސް އިންތިހާބެއްގައި ޕާޓީއެއްގެ ޕްރައިމަރީގައި ވާދަ ކުރާ މެންބަރަކު އެ އިންތިހާބުގައި އެހެން ހައިސިއްޔަތަކުން ވާދަކުރުން މަނާ ކުރާ މާއްދާ އުނި ކުރުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލިސް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ