ތަކަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ނިމިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ހއ. ތަކަންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، ކޮމިޝަން ކޮށްފި އެވެ.

މި މަޝްރޫޢުގެ ކޮމިޝަނިންގ މަސައްކަތް ކުރިއަށް ގެންދިޔައިރު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ އިސް ބޭފުޅުން ތަކަންދުއަށް ވަޑައިގެންނެވި އެވެ.

މި މަޝްރޫޢުގެ ދަށުން ތަކަންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށްޓަކައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމްކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވެ އެވެ. އަދި ފެން އުފެއްދުމަށްޓަކައި ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން އަޅައި، ފެން ރައްކާކުރުމަށް ފެންތާނގީ ބަހައްޓާފައިވެ އެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި ނަރުދަމާގެ މައި ނެޓްވޯކް އާއި ޕަމްޕިންގ ލައިން އަޅައި، ޕަމްޕިންގ ސްޓޭޝަން ގާއިމްކޮށް، ސީ އައުޓްފޯލް އަޅާފައިވެ އެވެ. މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވެ އެވެ. އަދި މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދެވޭނެ އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 72 މިލިއަން ދިވެހި ރުފިޔާ އެވެ. މި މަޝްރޫޢު ނިމުމާއެކު ތަކަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ އެވެ.

ހއ. ތަކަންދޫ އެމްޑަބްލިއުއެސްސީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ