”ޤައުމީ ކުޅިވަރު ފަންޑު“ ގެ ނަމުގައި އައު ފަންޑެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
މި ނިންމެވުން ނިންމަވާފައިވަނީ ނޮވެމްބަރ 4، 2024 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު، އެ މަޖިލީހުގެ ލަފާފުޅާ އެކުގަ އެވެ.
މި ފަންޑު ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީކުރުމާއި، ދިވެހި ކުޅިވަރު ޖަމާޢަތް ނުވަތަ ކުޅިވަރު އާއިލާ ބާރުވެރިކުރުވުމެވެ. މި ނިންމެވުމަށް މަގުފަހިވެފައިވަނީ މިނިސްޓަރ އޮފް ސްޕޯޓްސް ޢަބްދުﷲ ރާފިޢު ހުށަހެޅުއްވި ހުށަހެޅުއްވުމުގެ މައްޗަށް ބިނާކޮށް، ވަޒީރުންގެ މަޖިލީހުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގަ އެވެ.
މީގެ އިތުރުން، ޤައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވެ އެވެ.
މި ނިންމުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާއަށް އައު ހިތްވަރަކާއި ފުރުޞަތުތަކެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު