ބީއެމްއެލްއިން މާސްޓާކާޑްގެ ބިޒްނަސް ޕްރީޕެއިޑް ކާޑް ތައަރާފުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު މާސްޓަރކާޑްގެ ބިޒްނަސް ޕްރީޕެއިޑް ކާޑު ތައާރަފްކޮށްފި އެވެ.

މިއީ ބޭންކުން ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ދެއްކުމުގެ މުއާމަލާތްކުރުމަށް ފުރުސަތު ހޯދާދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިތަކުންވެސް ކުރާ މުއާމަލާތްތަކުގައި ނަގުދު ފައިސާގެ ބަދަލުގައި މާސްޓަރކާޑް ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން މުއާމަލާތްތަކުގެ ތަފްސީލު ރައްކާތެރިކަމާއެކު ބެލެހެއްޓި، ނަގުދު ފައިސާއާ ނުލައި ވިޔަފާރިއާ ގުޅޭ ހަރަދު ކުރުމަށް މަގުފަހިވެގެންދާނެ އެވެ.

ބިޒްނަސް ޕްރީޕެއިޑް ކާޑުގެ ރުފިޔާ ކާޑާއި ޑޮލަރު ކާޑުވެސް ލިބޭނެ އެވެ. މި ގޮތުން މި ދެބާވަތުގެ ކާޑުންވެސް ރާއްޖޭގެ ޕީއޯއެސް، ޕޭމަންޓް ގޭޓްވޭ އަދި އޭޓީއެމްތަކުގައި މުއާމަލާތުކުރެވޭނެ އެވެ. އަދި މީގެ އިތުރުން ޑޮލަރު ކާޑުން ބޭރު ގައުމުތަކުގެ ޕީއޯއެސް މެޝިނާއި ޕޭމަންޓް ގޭޓްވޭ ތަކުގައި ބޭނުން ކުރެވޭނެ އެވެ. މި ކާޑުތަކުން ދުވާލަކު 100،000 ދިވެހި ރުފިޔާ އަދި 50،000 ޑޮލަރުގެ މުއާމަލާތް ކުރެވޭނެއެވެ. އަދި 200،000 ރުފިޔާ ނުވަތަ 50،000 ޑޮލަރު ކާޑަށް ރީލޯޑް ކުރެވޭނެ އެވެ. ކާޑުތަކުން ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލް އަދި ބެލެންސް އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

”އަޅުގަނޑުމެންގެ ކާޑް ޕާރޓްނަރ ، މާސްޓަރކާޑާ ގުޅިގެން ވިޔަފާރިތަކަށް ޑިޖިޓަލް ބޭންކިންގ ސޮލިއުޝަނެއް ހޯދައިދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ތައާރަފް ކުރެވުނު ބިޒްނަސް ޕްރީޕެއިޑް މާސްޓަރކާޑަކީ ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން ވިޔަފާރިތަކުން ބޭނުންވާފަދަ ޒަމާނީ ހިދުމަތްތައް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްވެސްމެ.“ މި ހިދުމަތާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 93 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 148 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބީއެމްއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ