ޑޮމެއިން ހިދުމަތުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވުމާ ގުޅިގެން އާ ފީޗަރސްތަކާއެކު އަލުން ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑޮމެއިން ނަންބަރު ބޮޑުގެ ހިދުމަތްދޭން ބޭނުން ކުރަމުން ދިޔަ ޑިޖިޓަލް ސިސްޓަމްގެ ސެކިއުރިޓީ އޮތީ ކޮމްޕްރޮމައިޒްވެފައި ކަމަށާއި ހިދުމަތް އަލުން ފަށާނީ އާ ސެކިއުރިޓީ ފީޗާސްތަކާއެކު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އަމީން ވިދާޅުވީ ޑޮމެއިންގެ ހިދުމަތް 1984 ވަނަ އަހަރުން ފެށިގެން ދޭން ފެއްޓިފަހުން މައުލޫމާތުތައް ރިކޯޑު ކުރަމުން އައިސްފައިވަނީ އަތުން ލިޔެގެން ކަމަށެވެ. އެގޮތުން ރިކޯޑުތައް ބެލެހެއްޓުމަށް ތިން ފޮތެއް ގެންގުޅުނުކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި 2000 ގެ އަހަރުތަކުގެ ކުރީކޮޅު ސިސްޓަމެއް ބޭނުން ކުރަން ފެށި ނަމަވެސް އޭގެ ފަހުންވެސް ފޮތްތަކުގައި އަތުން ލިޔެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑޮމެއިން ރެކޯޑުތައް ބަލަހައްޓަމުން ދިޔަ 3 ފޮތުގެ ތެރެއިން 1 ފޮތުގައި ލިޔެފައިވަނީ މިނިސްޓްރީން ހިދުމަތް ދީފައިވާ ޑޮމެއިންތަކުގެ މައުލޫމާތުތައް ކަމަށާއި އަނެއް 2 ފޮތުގައި ރިކޯޑުކޮށްފައިވަނީ މިނިސްޓްރީން ވިއްކާފައިވާ ޑޮމެއިންތަކުގެ މައުލޫމާތުކަމަށް އަމީން ވިދާޅުވި އެވެ. އަދި ޑޮމެއިން އެއް އެންމެ ފަހުން ވިއްކި ކަމުގެ ރިކޯޑު ފޮތްތަކުން ފެންނަން އޮތީ 2008 ވަނަ އަހަރުކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ފޮތްތަކުގައި ރިކޯޑުކޮށްފައިވާ މައުލޫމާތުތައް އަދާހަމަކޮށްފައި ނުވާ ކަމަށާއި ސިސްޓަމުގައި ހުރި މައުލޫމާތާ ދިމާނުވާތީ ސައްހަކަން ކަށަވަރު ކުރަން ދަތިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑޮމެއިންގެ ހިދުމަތްތައް އަލުން ފަށާ ޑޮމެއިން ވިއްކަން ފަށާއިރު ދޫކުރާ ހުއްދައާއި ލިޔެކިޔުންތަކުގައި ސެކިއުރިޓީ ފީޗާސް ހުންނާނެ ކަމަށާއި ޑޮމެއިންގެ މައުލޫމާތު އޭގެ ވެރިފަރާތަށާއި މިނިސްޓްރީއަށާއި ފުލުހުންނަށް ފެންނަން ހުންނާނެ ޑޭޓާބޭސްއެއް ގާއިމުކޮށްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އޮފީސް މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ