ކޮމޮންވެލްތްގެ ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށް ފައިސަލްގެ ޝުކުރު އެސްޖީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޮމަންވެލްތްގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ކޮމޮންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑްއަށް ޝުކުރުއަދާކުރައްވައިފި އެވެ.

މިނިސްޓަރު ފައިސަލް ކޮމޮންވެލްތްގެ އެސްޖީއަށް ޝުކުރުއަދާ ކުރެއްވީ ލަންޑަނުގައި ކުރިއަށްދާ ވޯލްޑް ޓްރެވެލް މާކެޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުގެ ސައިޑްލައިންގެ ތެރެއިން ސަސްޓެއިނަބަލް އެންޑް ރިޖެނެރޭޓިވް ޓޫރިޒަމްއާ ގުޅޭ ގޮތުން ކޮމޮންވެލްތުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮމަންވެލްތްގެ އެސްޖީއާ ބައްދަލުވުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި އެސްޖީ ޕެޓްރީޝިއާގެ ލީޑަޝިޕަށް ޝުކުރުއަދާ ކުރައްވާ ރާއްޖެއިން އޭނާގެ މަސައްކަތްތަކަށް ތާއިދު ކުރައްވާކަމަށް ފައިސަލް ވިދާޅުވި އެވެ.

ސަސްޓެއިނަބަލް އެންޑް ރިޖެނެރޭޓިވް ޓޫރިޒަމްއާ ގުޅޭ ގޮތުން ކޮމަންވެލްތުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފަ އެވެ.

އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަކީ ހަމައެކަނި އިހުތިޔާރެއް ނޫން؛ އެއީ އަންނަން އޮތް ޖީލުތަކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް.

މި ބައްދަލުވުމަށް ފަހު އެކްސްގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރުމަކީ ފަހުރުވެރިވާކަމެއް ކަމަށެވެ. އަދި އެންމެން އެކުގައި ތިމާވެށި ރައްކާތެރިކޮށް، މުޖުތަމައުތައް ކުރިއެރުވުމަށް މަގުފަހިކުރާ އާދަތަކާއެކު، ފަތުރުވެރިކަމުގެ މާނަ އަލުން ކަނޑައެޅިދާނެކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

ކޮމަންވެލްތު މިނިސްޓްރީ އޮފް ޓޫރިޒަމް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ