ވިޔަފާރީގެ ބޭނުމަށް ބުޅާ އެތެރެކުރުން ވަގުތީ ގޮތުން މަނާކުރަން ނިންމައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވިޔަފާރީގެ އުސޫލުން ވިއްކަން ރާއްޖެ އެތެރެކުރާ ބުޅާތައް، ވަގުތީ ގޮތުން މަނާކުރަން ނިންމާފައިވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ޖަނަވާރުންގެ ރައްކާތެރިކަމާ ބެހޭ ބިލް މިހާރު ޑްރާފްޓް ކޮށްފައިވާ ކަމަށާއި، ޕެޓްގެ ގޮތުގައި ގެންނަ ދިރޭތަކެތި ރާއްޖެ އެތެރެކުރުން ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް އެ ބިލްގައި ހިމަނާފައިވާ ކަމަށެވެ.

މަގުތަކުގައި އުޅޭ ހުރިހާ ބުޅާތަކެއް ބުޅާ ފެސިލިޓީއަށް ބަދަލު ކުރުމުން، ވިޔަފާރީގެ އުސޫލުން ރާއްޖެއަށް ބުޅާ އެތެރެކުރުން ވަކި މުއްދަތަކަށް މަނާކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

”އެ ބިލްގައި ވާނީ ޕެޓްގެ ގޮތުގައި ރާއްޖެއަށް އެތެރެކުރެވޭ އެއްޗެއްސަށް ކޮންޓްރޯލް މެކޭނިޒަމެއް ލާނެ ގޮތް ވެސް އެބަ އޮވޭ. އެހެންވީމަ މިހާރުގެ ޕްލޭންގައި އެބަ އޮތް ހުރިހާ ބުޅާތައް ޕެޓްކެއާ ފެސިލިޓީއަށް ނެގީމަ ކޮންމެވެސް މުއްދަތަކަށް ވިޔަފާރީގެ އުސޫލުން ވިއްކުމަށްޓަކައި ބުޅާ އެތެރެކުރުން ހޯލްޑްކުރާނީއޭ،“

ބުޅާތަކަށް ހަތަރު ފްލޯގެ ދާއިމީ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނީ އަންނަ އަހަރު އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ވެސް ވަނީ ލިބިފަ އެވެ. އަދި ގޭގައި ބުޅާ ގެންގުޅޭ މީހުން، ދަތުރެއް ދާން ޖެހިއްޖެ ނަމަ، އެނބުރި އަންނަންދެން އެތަނުން ބުޅާ ބަލަހައްޓައިދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި ބުޅާތައް ފެސިލިޓީއަށް ގެންދިއުމަށް ހާއްސަ ޕްލޭނެއް ހަދައިފައިވާ ކަމަށާއި، އެ ޕްލޭނުގެ ދަށުން، އެކި ބެޗުތަކަށް ބަހާލައިގެން ބުޅާތައް ނަގަން ނިންމާފައިވާއިރު އެ ބުޅާތަކުގެ ސިއްހީ މައްސަލަތައް ދެނެގަނެ ފަރުވާ ދެވޭނެ ކަމަށެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ