ޔޫޕީއާރުގެ 47 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ގެ 47 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ޔޫޕީއާރްގެ 47 ވަނަ ސެޝަން ފަށާފައިވަނީ މިއަދު އެވެ. ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ސެޝަންތައް ނިމޭނީ ނޮވެމްބަރު 15، 2024 ގަ އެވެ.

މި ސެޝަންގެ ތެރޭގައި ސާދަ ދައުލަތަކުން އެގައުމެއްގެ އިންސާނީ ހައްގުތަކުގެ ރެކޯޑްތައް މުރާޖައާ ކުރާނެ އެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އަލްބޭނިއާ، ބޫޓާން، ބްރޫނާއީ ޑަރޫސަލަމް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ކޮސްޓަރިކާ، ކޯޓް ޑި އައިވޯއާ، ޑޮމިނިކާ، އިކުއެޓޯރިއަލް ގިނީ، އިތިއޮޕިއާ، ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ، ނިކަރާގޫއާ، ނޯވޭ، ޕޯޗުގަލް އަދި ގަތަރެވެ.

ޔޫޕީއާރަކީ އދ. ގެ ހުރިހާ މެންބަރު ގައުމެއްގެ އިންސާނީ ހައްގުތަކުގެ ރެކޯޑްތައް މުރާޖައާ ކުރާ ޕްރޮސެސް އެކެވެ. ޔޫޕީއާރްގެ ހަތަރުވަނަ ސައިކަލް 2022 ވަނަ އަހަރު ފެށިއިރު މި ސައިކަލް ނިމޭނީ 2027 ވަނަ އަހަރު އެވެ. އދ. އަދި ރިވިއު ކުރެވެމުންދާ ދައުލަތްތަކުން އެމީހުންގެ އިންސާނީ ހައްގުތަކުގެ ވާޖިބުތައް ތަންފީޒުކުރުން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތަކާ ބެހޭ ގޮތުން ބިނާކުރަނިވި ލަފާތަކެއް ދިނުމުގެ ފުރުސަތު ވެސް އެކުވެރި މެމްބަރު ގައުމުތަކަށް ލިބިގެންދެ އެވެ.

ކޮންމެ ގައުމެއްގެ ރިވިއު ކުރިއަށްދާއިރު ”ޓްރޮއިކާސް“ ނުވަތަ ރަޕޯޓާސްގެ ގޮތުގައި އިތުރު ތިން ގައުމަކުން މަސައްކަތް ކުރާނެ އެވެ. ރާއްޖެއަކީ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުން ގަތަރުގެ މުރާޖާގައި ޓްރޮއިކާގައި ތަމްސީލްކުރުމަށް ހޮވާފައިވާ ގައުމެކެވެ.

ޔޫޕީއާރުގެ 47 ވަނަ ސެޝަންއަށް ރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނާނީ ޖެނީވާގައި ހުންނަ އދ. ޕަރމަނަންޓް މިޝަނުން އާމިނަތު ޝިފާޔާ އިބްރާހީމާއި، ސެކަންޑް ސެކްރެޓަރީ މަރިޔަމް ފާތިކާ ފަޔާޒާއި، އެޓޭޗީ ރާޢީދު ސަޢީދު އެވެ. ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި އިސްކަންދޭ ކަންކަމާ އެއްގޮތަށް، ރާއްޖޭގެ ޑެލިގޭޝަނުން ހީވާގިކަމާއެކު ބައިވެރިވެ، ބިނާކުރަނިވި ލަފާތަކެއް މި ޔޫޕީއާރު ސެޝަންގައި ފޯރުކޮށްދޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ - އދ އދ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގަތަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ