ގެމަނަފުށީ ބޭސްފިހާރައިން ބޭހެއް ނުލިބިގެން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ގެމަނަފުށި ބޭސް ފިހާރައިން ބޭހެއް ނުލިބިގެން ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފިހާރައިގައި އިން މީހާ ބިރުގަތުމުގެ ސަބަބުން ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއްނުވެ އެވެ. އެހެންނަމަވެސް ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.