’ރައްޔިތުންގެ ސައްލާ ފޯރަމް’ގެ ނަމުގައި ޕީއެންސީން ބަޖެޓާ ބެހޭ ފޯރަމްތަކެއް ބާއްވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބަޖެޓުގެ ކަންކަން ރައްޔިތުންނަށް ކިޔާދިނުމަށް ’ރައްޔިތުންގެ ސައްލާ ފޯރަމް‘ ނަމުގައި ކޮންގްރެސް ޕާޓީން ސިލްސިލާ ފޯރަމްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ފޯރަމް މިރޭ ބޭއްވުމަށް ނިންމާފައިވާއިރު މިރޭގެ މައުލޫއަކީ ’ގެދޮރުވެރިކަމުގެ ބަޖެޓު 2025‘ ކަމަށް ޕީއެންސީން ބުނެ އެވެ.

ޕީއެންސީން ބުނީ މިރޭ ބާއްވާ ފޯރަމް އޮންނާނީ އެ ޕާޓީގެ ހަރުގޭގައި ކަމަށެވެ. މިރޭ ބާއްވާ ފޯރަމްގައި ބައިވެރިވާނީ ޕީއެންސީގެ ނައިބުރައީސް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއާއި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ލީގަލް އެފެއާޒް މުހައްމަދު ފިރުޒުލްގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސްގެ ނައިބު އަހްމަދު ސާއިދު މުސްތަފާ އެވެ.

ޕީއެންސީންގެ މި ފޯރަމްގައި އާންމުންނަށް ބައިވެރިވެ ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެކަމަށް އެ ޕާޓީން ބުނެ އެވެ.

2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަކީ އެއް އަހަރު ތެރޭ ގެދޮރުވެރިކަމަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހެޅި ބަޖެޓުކަމަށް، މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް ކޮންގްރެސް ޕާޓީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ