ހުށަހަޅާފައިވާ އިސްލާހުން ހުދުމުހުތާރު ވެރިންގެ ބާރު ކެނޑޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސިޔާސީ ޕާޓީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުން ހުދުމުހުތާރު ވެރިންގެ ބާރު ކެނޑިގެންދާނެ ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އެވެ. އެ އިސްލާހު މަޖިލީހަށް ހުށަހަޅުއްވާ ދެއްކެވި ވާހަކައިގައި މެންބަރު ލަތީފް ވިދާޅުވީ މިހާރު ޕާޓީތަކުގެ ތެރޭގައި ކަންކަން ކުރެވެނީ އެބަޔަކު ބޭނުންވާގޮތަކަށް، އެދޭގޮތަކަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް މި އިސްލާހުން ގެނައުމުގެ ފުރުސަތު ލިބުނު ނަމަވެސް މި އިސްލާހު ގެނެސްފައި ނުވާކަން ލަތީފް ފާހަގަ ކުރެއްވި އެވެ.

ލަތީފް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ބާރުހުރި މީހާ ބޭނުންވާގޮތަކަށް، ”ޖަލުގައި ހުރެގެން“ ޕާޓީތައް ނުހިންގޭނެ ކަމަށެވެ. އަދި މިއީ ބޭނުންތެރި ފުރިހަމަ ބިލެއް ކަމަށާއި މި ބިލަކީ ސިޔާސީ ނިޒާމު ހަރުދަނާވެ، ހުދުމުހުތާރު ވެރިންގެ އަތްމަތިން ޕާޓީތައް ސަލާމަތްވެ ރަނގަޅު ނިޒާމެއްގެ މަތިން ޕާޓީތައް ހިނގުމަށް މަގުފަހިވާނެ ބިލެއް ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

”ހުދުމުހުތާރުކަމާ، އަނިޔާވެރިކަމާ، މަލާމާތާ، ފުރައްސާރަކުރާ ވެރިންގެ އަތުން ޕާޓީތަކުގެ ބާރުކެނޑިމިއީ ޕާޓީގެ ނިޒާމެއްގެ ތެރެއިން ޕާޓީ އޮފީހުން ޕާޓީ ހިންގުން ވަރުގަދަ ވެގެންދާނެ ބިލެއްގް ގޮތުގައި ވެގެން ދާނެ.“ ލަތީފް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނ،ީ ސިޔާސީ ޕާޓީގެ ޤާނޫނާ ހިލާފުވާ ފަރާތެއް 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އެ އަމަލެއް ހިންގި ފަރާތެއް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން ސިޔާސީ ޕާޓީގެ ޤާނޫނުގެ 10 ވަނަ މާއްްދާ އުވާލުމަށްވެސް އިސްލާހުގައިވެ އެވެ. އަދި ދައުލަތުގެ ބަޖެޓްގައި އެ އަހަރަށް ލަފާކުރާ އާމްދަނީގެ 0.1% އާއި 0.2% އާ ދެމެދުގެ އަދަދެއް ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ