ނަތީޖާ ދަށްކުދިން ފުލުހުންނާއި ސިފައިންގެ ހިދުމަތަށް ނެރެން ނިންމަވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އޯލެވެލްގެ ނަތީޖާ ދަށްކުދިން ފުލުހުންނާއި ސިފައިންގެ ހިދުމަތަށް ނެރެން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ދަރުބާރުގޭގައި ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެމްއެންޑީއެފްއަށް މީހުން ރެކްރޫޓްކުރުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.

ރައީސް ވިދާޅުވީ، ކޮންމެ އަހަރަކުވެސް އެތަކެއް ދަރިވަރުންނެއް ކިޔަވާ ނިމޭ ކަމަށާއި، އޯލެވެލް ނިންމައި އެކަށީގެންވާ ވަރަށް ފާސްނުވެ އޭ ލެވެލްއާ ހަމައަށް ނުދެވޭ 3000 އެއްހާ ދަރިވަރުން އުޅޭ ކަމަށެވެ.

”އަދި އޭގެން ގިނަ ކުދިންނަށް ވަޒީފާ ވެސް ނުލިބޭ. އޭ ލެވަލް ނިންމުމަށް ފަހު 500 އެއްހާ ކުދިންނަށް ޑިގްރީއަށް ނުދެވޭ.“

ތައުލީމާއި ވަޒީފާއިން އެކަހެރިވެފައި ތިބޭ އެފަދަ ކުދީންނަކީ މަސްތުވާތަކެއްޗާއި، އެފަދަ ނޭދެވޭ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކުދިން ކަމަށާއި، 16 އަހަރުގެ ކުދީންނަށް، ގާނޫނުން ބާރު ލިބިގެން ފުލުހުންގެ ހިދުމަތަށާއި، އަސްކަރިއްޔާގެ ހިދުމަތަށް ވަނުމަށް ފުރުސަތުދީ، ތަމްރީނު ދެވިއްޖެނަމަ، އެކަން ވެގެން ދާނީ ގައުމަށާއި މުޖުތަމައުއަށާއި އާއިލާތަކަށް ވެސް ފައިދާ ވާނޭ ކަމަކަށްވެސް ރައީސް ވިދާޅުވި އެވެ.

”މި ޕްރޮގްރާމް ވެގެން ދާނީ މި ނޭޝެނަލް ސާވިސްގެ ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން، އުމުރުން 16 އަހަރުވުމަށްފަހު، އެ 16 އަހަރުވެގެން އޯ ލެވެލް ނިންމާފައި ނޫނިއްޔާ ތައުލީމް ހާސިލްކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖެއްވިއްޔާ މި ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ.“

ނަޞްރުގެ ދުވަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ