އައިޔޫއެމް އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: މިނިސްޓަރ ޝަހީމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އަންނަ އަހަރު މަސައްކަތްތަކެއް ފައްޓަވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ”މަޙްފަލުލް ޤުރްއާނިލް ކަރީމް 1446″ ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، 2025 ވަނަ އަހަރަކީ އިސްލާމީ ޔުނިވަރސިޓީއަށް ފާގަތި އަހަރަކަށް ވެގެންދާނެ ކަމަށެވެ. އަދި އިސްލާމީ ޔުނިވަރސިޓީން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށެވެ.

މި ސަރުކާރުގެ އަމާޒަކީ ދިވެހީންގެ އިތުރުން، މިސަރަހައްދުގެ އެހެން ގައުމުތަކުގެ މީހުންނަށް ވެސް ތައުލީމު ހާސިލު ކުރެވޭނެ މަރުކަޒަކަށް އައިޔޫއެމް ހެދުން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

އައިޔޫއެމް އުފެދުނީ 9 ޖުލައި 2015 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން، ކުރީގެ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، ދައުލަތުގެ ޔުނިވަސިޓީއަކަށް ބަދަލުކުރުމުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ