ކުރިއަށް އޮތް ދެ އަހަރުތެރޭ 120 އަށް ވުރެ ގިނަ ކައުންސިލް އިދާރާ އަޅުއްވާނެ ކަމަށް ލޯކަލް ގަވަމެންޓާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިއްޔެ ކުރެއްވި ޕޯސްޓުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަކީ ރަޢީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު ވިދާޅުވެފައި ވެއެވެ.
އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައި ވަނީ 160 އަށް ވުރެ ގިނަ ކައުންސިލާ ބައްދަލުކުރައްވާ ކައުންސިލްތަކުގެ އަޑު އެއްސެވި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަކީ ޑރ. މުޙައްމަދު މުޢިއްޒު ކަމުގަ އެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ދެ އަހަރުތެރޭ 120 އަށް ވުރެ ގިނަ ކައުންސިލް އިދާރާ އަޅުއްވާނެ ކަމަށް ވެސް ވަޒީރު އާދަމް ޝަރީފު ޢުމަރު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރު ކުރެއްވި އެކްސް ޕޯސްޓްގައި ކައުންސިލުތަކަށް ނިކަމެތިކަން ލިބޭނެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ނުކުރައްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނަށް އޮތް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި 2025 ވަނަ އަހަރު ވެސް ގާނޫނާ އެއް ގޮތަށް ކައުންސިލްތަކަށް ބަޖެޓް ލިބިލައްވާނެ ކަމަށް އިއްޔެވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ކަމަށްޓަކައި ރައީސްއަށް ޝުކުރުއަދާކުރައްވާ ކަމަށް ވަޒީރު ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައި ވެއެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް