5.9 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 5.9 ކިލޯގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.

އިއްޔެ ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ރާއްޖެ ގެނެސްފައިވާ އެއާރފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން، އޮކްޓޯބަރު 31 ވަނަ ދުވަހު ބެންކޮކުން ރާއްޖެ ގެނެސްފައިވާ އެއާރފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި، އެ ޝިޕްމަންޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވުނު ކަމަށް ބުންޏެވެ. އިތުރަށް ބެލިބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

”ފުރަތަމަ މަރުހަލާގައި މިތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ތަފާތު ދެ ބާވަތެއް ކަމަށްވާ ކެތިނޯން (Cathinone – 416 ގްރާމް) އަދި ކެނެބިސް (Cannabis – 5520 ގްރާމް) އަށް ވަނީ ޕޮޒިޓިވްވެފަ“

މިތަކެތީގެ މަގުމަތީ އަގަކީ 3,348,000.00 (ތިން މިލިއަން ތިންލައްކަ ސާޅީސް އަށްހާސް) ދިވެހި ރުފިޔާކަމަށް ކަސްޓަމްސްއިން ލަފާކުރި އެވެ.

މިމައްސަލައިގައި އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 5.9 ކިލޯގްރާމް ހުއްޓެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލްވާ 45 އަހަރުގެ ދިވެހި ފިރިހެނެއް މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފަ އެވެ.

ކަސްޓަމްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ