ދިރާސީ އާ އަހަރުގެ ފެށުން އަންނަ އަހަރުގެ 6 އޭޕްރިލްގައި ފަށާ ގޮތަށް ހަމަޖައްސައި 2025 ވަނަ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ދިރާސީ އާ އަހަރު ފެށޭ ދުވަހާއި ބޮޑު ޗުއްޓީގެ ދުވަސްވަރު ވެސް ބަދަލުކުރަން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ.
މިނިސްޓްރީން ނެރެފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން:
- ފުރަތަމަ ޓާމް ކުރިއަށް ދާނީ 6 އޭޕްރީލް އިން 24 ޖުލައިއަށް
- ފުރަތަމަ ޓާމް ޓެސްޓް އޮންނާނީ ޖުލައި 5 އިން 19 އަށް
- ދެވަނަ ޓާމްގެ ކިޔެވުން 10 އޯގަސްޓުގައި ފަށައި ނިންމާނީ 25 ޑިސެމްބަރުގައި
- ދެވަނަ ޓާމް ޓެސްޓް އޮންނާނީ ޑިސެމްބަރު 6 އިން 20 އަށް
އެހެންކަމުން، 2025 ގެ ބޮޑު ޗުއްޓީ ޑިސެމްބަރުގައި ލިބޭނެ އެވެ. އަދި 2026 އިން ފެށިގެން، ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް، ދިރާސީ އާ އަހަރު ފަށާނީ ޖެނުއަރީގަ އެވެ.