ސިނގިރޭޓާއި ވޭޕްގެ އަގު ބޮޑުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ ވޭޕް މަނާކުރުމާ ހަމައަށް ވޭޕުންނާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅުނު ބިލެކެވެ.

އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނެވުނު މި އިސްލާހާއެކު، ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 50 ޕަސެންޓު އިތުރުކުރެވި، ސިނގިރޭޓަކުން 8 ރުފިޔާ އިތުރަށް ނެގޭނެއެވެ. މީގެ އިތުރުން، ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ދުންފަތުގެ އުފެއްދުންތަކުގެ ތެރެއިން ފްލޭވާއާއި ސްޓިކުން 50 ޕަސެންޓު އަދި ވޭޕް ސްޓިކަކުން 8 ރުފިޔާ އިތުރުވާނެއެވެ.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތަކުން ނަގާ ޑިއުޓީގެ މިންވަރު 200 ޕަސެންޓަށް ބޮޑުކުރެވިފައިވެއެވެ. މި ބަދަލުތަކާ ގުޅިގެން، މިހާރު 100-110 ރުފިޔާއަށް ވިއްކާ ސިނގިރޭޓް ފޮށްޓެއްގެ އަގަށް 100 ރުފިޔާއާ ގާތްކުރާ އަދަދެއް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށާއި، ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށް ނިންމަވާފައެވެ. މި ފިޔަވަޅުތަކަކީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުޑަކުރުމަށާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.

މި ބަދަލުތަކުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ އަދަދު މަދުވެ، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ވޭޕްކުރުމުގެ އާދަ ކުޑަވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. ނަމަވެސް، ބައެއް ފަރާތްތަކުން މި ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށް، އަގުތައް ބޮޑުވުމުގެ ސަބަބުން ނުރަސްމީ ގޮތުން މި ބާވަތުގެ ތަކެތި ވިއްކުން އިތުރުވެދާނެ ކަމަށް ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ