ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޓެންޒޭނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅަކީ މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި މެޑަމް ސާޖިދާ ވަނީ ކޮންފަރެންސްގެ ޕެނަލްގައި ކީނޯޓް ތަޤުރީރެއް ދެއްވުމުގެ އިތުރުން، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުން، ޞިއްޙީ ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އަދި ދާރިސުންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތު މެޑަމް ސާޖިދާއަށް ލިބިވަޑައިގަތެވެ.
މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީއަކީ އަހަރަކު އެއްފަހަރު ބޭއްވޭ މުހިންމު ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މަޤްޞަދަކީ އަންހެނުން ބާރުވެރިކުރުވުމާއި، ބަލިތައް މެނޭޖުކުރުމާއި، އެފްރިކާ އާއި އޭޝިޔާގައި ފެންވަރު ރަނގަޅު ޞަނގަޅު ޞިއްޙީ ޚިދުމަތްތައް އަތްފޯރާފަށަށް ގެނައުމުގެ މަސައްކަތް ފުޅާކުރުމާ ގުޅޭ މައުޟޫޢުތަކަށް މަޝްވަރާކުރުމެވެ.
މި ދަތުރުފުޅުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަތުމުން، ދިވެހިރާއްޖޭގެ އަންހެނުންގެ ޙައްޤުތަކާއި ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތައް ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. އަދި މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޓެންޒޭނިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދިޔަ ދަތުރުފުޅެއް ކަމުގައިވެސް ބެލެވެއެވެ.