އަންނަ އަހަރު 6.4 އިންސައްތައިން އިގްތިސާދު ކުރިއަރާނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

މި ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި އަހަރުތަކުގައި ސަރުކާރުގެ ޚަރަދު ވަނީ އިގްތިސާދާއި ދައުލަތުގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އިތުރުވެފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރު 28.2 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބަޖެޓު 2023 ވަނަ އަހަރުގެ ނިޔަލަށް ވަނީ 50.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ޖުމުލަ ދަރަނި ވަނީ 124 އިންސައްތައަށް އަރާފަ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރ 23 ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓަރެސްޓަށް ހޭދަކުރަންޖެހެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އުތުރާއި ދެކުނަުނަކީ މި ރިޔާސީ ދައުރު ނިމޭއިރު އިގްތިސާދީ މައި މަރުކަޒުތަކަކަށް ހެދުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަރބަން ސެންޓަރުތައް ގާއިމުކޮށް، ސަރަހައްދީ ތަރައްގީއަށް މަގުފަހިކުރުމަކީވެސް ސަރުކާރުގެ އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 

މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ