ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ކަންކަމަށް ނިޒާމީ ހެޔޮބަދަލުތަކެއް އަންނަން ޖެހޭކަމަށް އިސްލާމިކް މިނިސްޓަރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުނު ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މިނިސްޓަރ ޝަހީމްގެ ވާހަކަގައި، މިހާރު ކަންތައް ހަމަޖެހިފައި އޮންނަގޮތުން ސައުދީ އަރަބިއްޔާއިން ބޮޑަށް ބާރުއަޅަނީ ހައްޖުގެ ކަންކަން ދައުލަތުގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ކަމަށް ފާހަގަކުރެއްވި އެވެ. ނަމަވެސް، އުމްރާގެ ކަންތައްތަކަކީ އެންމެނަށްވެސް ހުޅުވާލެވިފައި އޮތްކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން، މިނިސްޓަރ ޝަހީމް ވިދާޅުވީ، ”އަޅުގަނޑުމެން ހައްޖުގެ ކަންކަން ދިވެހިރާއްޖެއަށް ލިބީ ރަސްމީ ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ހަމަޖައްސާފައި އޮތް ކަމުގައިވިޔަސް އިތުރު ކޯޓާތަކެއް މުސްތަގުބަލުގައި ލިބިއްޖެ ހާލަތެއްގައި އަމިއްލަ ޖަމާއަތްތަކަށް އެ ކޯޓާއިންވެސް ބައެއް ދިނުމުގެ ވިސްނުން އެބަހުރި“ ކަމަށެވެ.
ކޮވިޑް-19 ގެ ވަބާގެ ފަހުން ސައުދީ އަރަބިއްޔާގެ ހައްޖުގެ ކަންކަން ކުރިން އޮތް ހާލަތަށް އަނބުރާ ނުދާކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި މިހާރު ސައުދީ އަރަބިއްޔާގެ ހާލަތަށް ގެންނަމުންދާ އުމްރާނީ ބަދަލުތަކުގެ ސަބަބުން ކޯޓާ ކުރީޒަމާނުގައި އިތުރުކުރާ ގޮތަށް އެކަން ނުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
”ކުރީޒަމާނުގައި ހާހުން ދެހާހުން ކޯޓާ އިތުރަށް ދޭ. އެކަމު މިހާރު އެގޮތަކަށްނޫން އެކަން އޮތީކީ. އެތާގެ ކަންކަމަށް ބަދަލުތައް އައުމަށްފަހުގައި އެ ކޯޓާގެ ނިސްބަތަށްވެސް ބަދަލު އަންނާނެ ކަމުގެ އިޝާރާތްތަކެއް އަޅް އަޅުގަނޑުމެންނަށް ލިބިފައި އޮތީ“ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވި އެވެ.
މި ބަދަލުތަކާއެކު، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ނިޒާމަށް އަންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުން ވިސްނަމުންދާކަން މިނިސްޓަރ ޝަހީމްގެ ވާހަކަފުޅުން ދޭހަވެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް