2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބަޖެޓު ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ހަރަދު ކުރުމަށް ވަނީ 49.2 ބިލިއަން ރުފިޔާ ހިމަނާފަ އެވެ.
މި ހިނގާ 2024 ވަނަ އަހަރަށް ފާސްކޮށްފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ މިއަހަރަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފަ އެވެ. މި ސަޕްލިމެންޓްރީ ބަޖެޓާއެކު ދައުލަތުގެ މިއަހަރުގެ ބަޖެޓު 54.6 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
2023 ވަނަ އަހަރު 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރި އިރު އެ އަހަރުވެސް ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފަ އެވެ. 2023 ވަނަ އަހަރު ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ. އެއާއެކު އެ އަހަރުގެ ބަޖެޓު 49.3 އަށް ވަނީ އަރާފަ އެވެ.
ރައްޔިތުންގެ މަޖިލިސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް