ބަޖެޓް 2025: 2 ރައީސުންގެ ގެކޮޅަށް 34.4 މިލިއަން ރުފިޔާ

Advertisement

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުތަކުގެ ހަރަދުގެ ގޮތުގައި 34.4 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ވަކިން ގެކޮޅެއް ދައުލަތުން ހަމަޖައްސާފައިވަނީ ކުރީގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެންނެވެ. އެގޮތުން މަޖިލިސް ރައީސް ދިއިއުޅުއްވަން ހަމަޖައްސާފައިވަނީ މ. މުރައިދޫގެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅަކީ މުލިއާގެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅަށް މުލިއާގެ ހަމަޖެއްސީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި އަންނަ އަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މުލިއާގެއަށް ވަނީ 29.98 މިލިއަން ރުފިޔާ ހިމަނާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ ގެކޮޅުކަމަށްވާ މުރައިދޫގެއަށް ވަނީ 4.44 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފަ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްގެ ރަސްމީ ގެކޮޅުކަމަށްވާ ހިލާލީ ގެއަށް ބަޖެޓުގައި ވަނީ 9.8 މިލިއަން ރުފިޔާ ހިމަނާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ