ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދައުލަތުގެ ހަރަދު 49.2 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ކެޕިޓަލް ހަރަދުގެ ތެރެއިން ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫތަކަށް ބަޖެޓުގައި ވަނީ 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން ހަރަދު ކުޑަ ކުރުމަށް ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން 6.6 ބިލިއަން ރުފިޔާ ސަލާމަތްވާނެކަމަށްވެސް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް