އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާފައިވަނީ މިއަދު އެވެ. މިއީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 37.2 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން އާާމްދަނީ އިތުރު ކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން 4.9 ބިލިއަން ރުފިޔާ އިތުރު ކުރެވޭނެކަމަށް ލަފާކޮށްފައިވެ އެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރޭޓާއި ބިޑިން ނަގަމުންދާ އިމްޕޯޓް ޑިއުޓީގެ ރޭޓު މަތި ކުރުމާއި އެއާޕޯޓް ޓެކުހާއި ފީގެ ރޭޓުތައް މަތިކުރުމާއި ގްރީން ޓެކްސްގެ ރޭޓް މަތި ކުރުމާއި ޓީޖީއެސްޓީ ރޭޓް މަތި ކުރުން ހިމެނެ އެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން މިއަހަރުގެ އާމްދަނީވެސް އިތުރުވެގެން ދާނެ އެވެ. އެގޮތުން މިއަހަރު ލިބޭނެކަމަށް ލަފާ ކުރި އާމްދަނީއަށް ވުރެ 180.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް