އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އައު ވެބްސައިޓް އިފްތިތާޙުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އައު ވެބްސައިޓް މިއަދު އިފްތިތާޙްކޮށްފި އެވެ.

މި ވެބްސައިޓް އިފްތިތާޙުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްޞަ ރަސްމިއްޔާތުގައި ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މީގެ އިތުރުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމާއި ފަތުވާ މަޖިލީހުގެ މެންބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އައު ވެބްސައިޓުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވާފައިވާ ފަތުވާތަކާއި، އިސްތިރާޝީ ލަފާތަކާއި، ފަތުވާ ފޮތްތައް ހިމެނޭ އޮންލައިން ލައިބްރަރީއެއް ލިބެން ހުންނާނެ އެވެ. އަދި މީގެ އިތުރުން، ފަތުވާ މަޖިލީހާ ގުޅޭ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތުވެސް މި ވެބްސައިޓުން ލިބޭނެ އެވެ.

މިވަގުތު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ:

  • – ފަތުވާ މަޖިލީހުގެ ރައީސް، ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް
  • – ފަތުވާ މަޖިލީހުގެ ނައިބު ރައީސް، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން
  • – ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
  • – އައްޝައިޚް އިލްޔާސް ޙުސައިން
  • – ޑރ. މޫސާ އަންވަރު ޙަސަން

މި އައު ވެބްސައިޓް އިފްތިތާޙުކުރުމާއެކު، އާންމު ރައްޔިތުންނަށް އިސްލާމީ ފަތުވާތަކާއި މަޢުލޫމާތު ފަސޭހައިން ލިބުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ބެލެވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ