އަންނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ. މި ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ މާދަމާ ހަމަޖެހިފައެވެ.

ފިނޭންސް މިނިސްޓްރީގެ އަންދާޒާތަކަށް ބަލާއިރު، އަންނަ އަހަރުގެ ބަޖެޓް 63.9 ބިލިއަން ރުފިޔާގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ޚަރަދުތައް 57 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ބެލެވެ އެވެ. މެދުރާސްތާގައި ޚަރަދު އިތުރުވާނެ ކަމަށް ލަފާކުރެވެނީ 1.8 އިންސައްތައިގެ މިންވަރަކަށެވެ.

އާމްދަނީއާ ގުޅޭގޮތުން ބަލާއިރު، އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެނީ ޖުމްލަ 41 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ބޭސްލައިން އާމްދަނީގެ ގޮތުގައި 35 ބިލިއަން ރުފިޔާ ހިމެނެ އެވެ. އަދި ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބޭނެ ކަމަށް އަންދާޒާކުރެވެނީ 7.8 ބިލިއަން ރުފިޔާ އެވެ.

ޚަރަދުތައް ކުޑަކުރުމަށްޓަކައި، ސަރުކާރުން އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތައް އިޞްލާޙުކުރުމާއި، ސީދާ ސަބްސިޑީ ދިނުމާއި، އަދި ސަރުކާރު އޮފީސްތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުން ހިމެނެ އެވެ. ނަމަވެސް، މި ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވިއްޖެނަމަ، އަންނަ އަހަރުގެ ޖުމްލަ ޚަރަދު 57 ބިލިއަން ރުފިޔާއަށް އަރާފާނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިއަހަރަށް ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ 5.1 ބިލިއަން ރުފިޔާގެ އިތުރު ބަޖެޓެއް (ސަޕްލިމެންޓްރީ ބަޖެޓް) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސްކޮށްފަ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް ދައުލަތުގެ ބަޖެޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ