މަސްވެރިން ކިރާފައިވާ މަހުގެ ތެރެއިން މިހާރު ފައިސާ ނުދެވިހުރި ބަޔަށް މިފްކޯ އިން ދޭންޖެހޭ ފައިސާ މާދަމާ ދޭންފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް މިހާރު ނުދެވި ހުރީ 16 މިލިއަން ރުފިޔާ ކަމަށެވެ.
އެ ފައިސާ ޖަމާ ކުރުމުގެ މަސައްކަތް ފިނޭންސުން ކުރަމުން އަންނަ ކަމަށާއި، މަސް ކިރާފައި ނުދެވިފައި ހުރި ފައިސާއެއްވާނަމަ މާދަމާގެ ހިސާބަށް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭ މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ނުފުދި އޮތުމުން އެކަމާ ގުޅިގެންވެސް މިއަދު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެ ވައުދުވެސް މިސަރުކާރުން ފުއްދާނެ ކަމަށާއި އެ ވައުދަށް ނުފިލާނެ ކަމަށެވެ.
މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)