އެއް ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން 1069 ވޯކް ވިސާ ދޫކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެއް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނުން ވޯކް ވިސާގެ އައު ރެކޯޑެއް ހަދައިފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެންމެ ދުވަހެއްގެ ތެރޭގައި 1069 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި މިއީ ”ފަހުގެ ތާރީޚެއްގައި އެއް ދުވަސް ތެރޭ އެންމެ ގިނަ ވޯކް ވިސާ ދޫކުރި ދުވަސް“ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި ރެކޯޑު ހެދުމަށް މަގުފަހިވެފައިވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ނެވެ. މި މަސައްކަތުގެ ސަބަބުން، ގަވާއިދާ އެއްގޮތަށް ބިދޭސީންގެ ވިސާގެ ކަންކަން ފުރިހަމަ ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެ އެވެ.

މިި ރެކޯޑު ހެދިފައިވަނީ އިމިގްރޭޝަނުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންދާ ދަނޑިވަޅެއްގަ އެވެ. އިމިގްރޭޝަނާއި ފުލުހުންގެ ޚިދުމަތުން ގުޅިގެން ކުރިއަށްގެންދާ ރެއިޑްތަކުގައި ވަރަށް ގިނަ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެވިފައިވެ އެވެ. މިހާތަނަށް 4000 އަށްވުރެ ގިނަ ބިދޭސީން ދެނެގަނެވި، ޑިޕޯޓްވެސް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް 19 ދުވަހުގެ ތެރޭގައި އެ އަދަދު 5000 އަށް އަރާނެކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ވިސާ ހޯދަން އަންނަ މީހުންގެ ޝަކުވާތަކަށް ހައްލު ހޯދުމަށްޓަކައި، މިދިޔަ މެއި މަހު އޮންލައިންކޮށް ”އޭންޓް ކިއު“ އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ދޫކުރަން ފަށާފައިވެ އެވެ.

މި އައު ރެކޯޑަކީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ވިސާގެ ކަންކަން ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުގައި ބެލެވެ އެވެ. މިކަމުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި އިޤްތިޞާދަށް އިޖާބީ އަސަރުތަކެއް ކުރާނެ ކަމަށް އުއްމީދު ކުރެވެ އެވެ.

އިމިގްރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ