ދުންފަތް ކޮންޓްރޯލްކުރާ ގާނޫނަށް އާމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
މަޖިލީހުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މަޖިލީހުގެ އިޖްތިމައީ ކޮމެޓީއިން ދިރާސާކުރަށްވަމުން ގެންދަވާ ގާނޫނު ނަންބަރު 15/2010 ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އާނމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފައިވާ ކަމަށެވެ.
މި ބިލުގައި އެއްވެސް ފަރާތެއްގެ ހިޔާލެއް އޮތްނަމަ 03 ނޮވެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީއައް އީމެއިލް މެދުވެރިކޮށް ލިޔުން ފޮނުވުމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
މި ބިލް ހުށަހެޅުމުގެ ބޭނުމަކީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވެޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއި އެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަށް ރާއްޖެއައް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާ ކުރުމަށްޓަކައި ކަމަށެވެ.
މި އިސްލާހުގެ ދަށުން ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން:
- ވޭޕް އެތެރެކުރާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް އިތުރު 10,000 ރުފިޔާ އިތުރުކުރެވޭނެ.
- ވޭޕް ވިއްކާ ފަރާތްތައް 20,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ. އަދި ވިއްކާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާ އިތުރުކުރެވޭނެ.
- ވޭޕް ހިލޭ ދޭ ފަރާތްތައް 10,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ.
- ވޭޕް ބޭނުންކުރާ ފަރާތްތައް 5,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ.
މި އިސްލާހު ފާސްވުމުން، ދުންފަތުގެ ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ރައްޔިތުންގެ މަޖިލިސް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން