ޗައިނާއަށް މީގެ ކުރިން އެކްސްޕޯޓް ނުކުރެވޭ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ފަހިވާނެ ޕްރޮޓޮކޯލްއެއްގައި ސޮއިކޮށްފި އެވެ.
ސިއްހީ ވުޒާރާއިން ބުނީ ޗައިނާއަށް އެކްސްޕޯޓްކުރާ މޯލްޑިވިއަން ވައިލްޑް އެކްވަޓިކް ޕްރޮޑަކްޓްސް އިންސްޕެކްޝަން އަދި ކަރަންޓީން ކުރުމުގެ ޝަރުތުތައް ކަނޑައެޅުމަށް ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި އެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ޕްރޮޓޮކޯލެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި އެމް.އެފް.ޑީ.އޭ ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިސްމާއީލް ޒާހިރު އެވެ. ޗައިނާ ގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ވައިސް މިނިސްޓަރ ވޫ ހައިޕިންގް އެވެ.
މި ޕްރޮޓޮކޯލްގެ ސަބަބުން ދެގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް މަގުފަހިވެގެންދާނެ އެވެ. އެގޮތުން ދިވެހި ވިޔަފާރިވެރިންނަށް މިހާރު އެކްސްޕޯޓް ނުކުރެވޭ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އޭގެ ތެރެގައި ފަރުމަހާއި، ހުއިފިލަނޑާގެ ބާވަތްތައް ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ވިދާޅުވީ މިއީ ދެގައުމަށްވެސް ފައިދާކުރުވަނިވި އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށާއި ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެކަން ދެގައުމުން ވެސް ފާހަގަކޮށްފައި ވެއެވެ.
މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)