މިނިވަން މުއައްސަސާތަކުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ދިނުމުން ސަރުކާރާ ދެކޮޅަށް ހުށަހެޅޭ މައްސަލަތައް ނުބެލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރަމުން މައުރޫފް ގޮތުގައި، ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ގިނަ ފަހަރު މީހުން ކުރިމަތިލަނީ ވަޒީފާގެ ބޭނުމުގަ އެވެ.
މައުރޫފް ވިދާޅުވީ، “ސަރުކާރު ބަދަލުވުމާއެކު ކުއްލިއަކަށް އޭސީސީ ހަރަކާތްތެރިވާން ފަށައި، ފްލެޓު ލިސްޓު ބާޠިލުކޮށް އެތައް މައްސަލައެއް ބަލަން ފެށި. ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުމެއް ނުވަތަ އެންގުމެއް ނާންނަނީސް އަމިއްލަ އިސްނެގުމަށް ސިޓީ ފޮނުވައިގެން ހާޒިރުވާން ބޭނުންވި.” ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، މަޖިލިސް ކޮމިޓީއަށް ކޮމިޝަނުން ޝަކުވާތައް ހުށަހަޅައި، ކުރިން ވަކި މައްސަލަތަކެއް ބެލުމުގެ ޖާގަ ނެތްކަމަށް ބުނެ ވާހަކަދެއްކުމުގެ ބޭނުމަކީ މަޤާމު ދިފާޢުކުރުން ކަމަށެވެ.
“މަޤާމުތަކުގެ ބޭނުމުގައި މެންބަރުން މަސައްކަތްކުރާއިރު، އެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ދިއުމުން ތަން ހިނގާނީ އެމަނިކުފާނު ބޭނުންވާ ގޮތަށް,”
މައުރޫފް ވިދާޅުވީ، ޤާނޫނުއަސާސީގައި ކޮމިޝަނެއް މިނިވަން މުސްތަޤިއްލު ތަނެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ މަޤްޞަދުތަކެއް އޮވެގެން ކަމަށާއި، އެތަނުގެ ބާރުތައް ރައީސަށް ދިނުމުން އެ މަޤްޞަދުތައް ފުރިހަމަ ނުކުރެވޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު