5.1 ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓް މަޖިލިސްއިން ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފި އެވެ.

މި ބަޖެޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 75 މެންބަރުންގެ އަޣުލަބިއްޔަތުން ނެވެ. އަދި 11 މެންބަރުން ވަނީ މި ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ ޕީ.އެސް.އައި.ޕީ ނުވަތަ ތަރައްޤީގެ މަޝްރޫޢުތަކަށެވެ. މިގޮތުން 2 ބިލިއަން ރުފިޔާ ވަނީ މި ބަޔަށް ކަނޑައަޅާފައެވެ. މީގެ އިތުރުން،

  • ސަރުކާރު ކުންފުނިތަކަށް 441.1 މިލިއަން ރުފިޔާ،
  • ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން ރުފިޔާ،
  • ސްޓޫޑެންޓް ލޯނަށް 458 މިލިއަން ރުފިޔާ،
  • މެޑިކަލް ކޮންސިއުމަބަލްސްއަށް 200 މިލިއަން ރުފިޔާ،
  • ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ،
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ،
  • މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ.

ސަޕްލިމެންޓަރީ ބަޖެޓުގައިވާ ގޮތުން، 2024 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އިތުރަށް 640.1 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެ އެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެ ވެ. ނަމަވެސް މިހާރު އިތުރުކުރެވޭ 640.1 މިލިއަން ރުފިޔާއާއެކު، މި އަހަރުގެ ޖުމްލަ އާމްދަނީ 34.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ރައްޔިތުންގެ މަޖިލިސް ދައުލަތުގެ ބަޖެޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ