މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ޕީއެންސީގެ ޕީޖީ ބައްދަލުވުމެއްގައި ޒުވާބު ކުރިކަމަށް ބުނެ ލިޔެފައިވާ ހަބަރަކާއެކު ފަލާހު ހިތްހަމަ ނުޖެހިއްޖެ އެވެ.
’އަދަދު‘ ނޫހުން ’ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި ފަލާހު އާއި އަސްމާ ޒުވާބުކޮށްފި‘ ނަމުގައި ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓަކާއެކު ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ދޮގު ހަބަރެއް ކަމަށެވެ.
މިއޮތީ ވަރަށް ބޮޑު ދޮގު ހަބަރެއް ލިޔެފަ. އެމްޕީ އަސްމައްތަ އަކީ އަޅުގަނޑު ވަރަށް ލޯބިވާ ވަރަށް އިހުތިރާމް ކުރާ ކަނބަލެއް.
ފަލާހު ވިދާޅުވީ މެންބަރު އަސްމާއަކީ އޭނާ ވަރަށް ލޯބިވާ އަދި ވަރަށް އިހުތިރާމް ކުރައްވާ ކަނބަލެއް ކަމަށެވެ. އަދި ’އަދަދު‘ ނޫހުން މިފަދަ ދޮގު ހަބަރުތައް ފެތުރުމަކީ އާންމުކަމަކަށް ވެއްޖެކަމަށާއި މިއީ ވަރަށް ދެރަކަމެއްކަމަށް ފަލާހު ވިދާޅުވި އެވެ.
’އަދަދު‘ ނޫހުގެ ހަބަރުގައި ބުނެފައިވަނީ އަސްމާއާއި ފަލާހު ޒުވާބުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ކަމަށެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެ ބޭފުޅުން ޒުވާބުކޮށްފައިވަނީ ފަލާހު ދެއްކެވި ވާހަކަތަކެއް އަސްމާއަށް އަމާޒުވާ ގޮތަށް ދެއްކެވުމުންނެވެ. އޭގެ ފަހުން އަސްމާ އެ ވާހަކަތަށް ރައްދު ދެއްވާފައިވާކަމަށްވެސް ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ކޮންގްރެސް ޕާޓީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު