އެއާޕޯޓް ޓެކްސްއާއި ގްރީން ޓެކްސް ބޮޑުކުރުމަށް ކޮމެޓީން ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެއާޕޯޓް ޓެކްސް އާއި ފީ އަދި ގްރީން ޓެކްސްގެ ރޭޓްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ އާއި އިގްތިސާދީ ކަންކަމާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މި ދެ ޓެކްސް ބޮޑުކުރުމުގެ ބިލްތައް މަޖިލީހުގެ ކޮމިޓީއަށް އެންމެ ފުރަތަމަ ހުށަހެޅުނީ އޮކްޓޫބަރު 16 ގަ އެވެ. އަދި އޮކްޓޫބަރު 23 ގައި މި ބިލްތައް ރިވިއު ކުރުމަށް ސަބް ކޮމިޓީއަށް ހުށަހަޅާފައިވެ އެވެ.

ފަތުރުވެރިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއެކު ސަރުކާރުން ދަނީ މިހާރު ގްރީން ޓެކްސްގެ ރޭޓް ދެގުނައަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މި އިސްލާހުގެ ދަށުން، މިހާރު ފަތުރުވެރިއަކަށް ދުވާލަކު 3.00 ޑޮލަރުގެ ގްރީން ޓެކްސް ނަގަމުންދާއިރު، އެ އަދަދު 6.00 ޑޮލަރަށް އިތުރުކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ހުރިހާ ޓޫރިސްޓް ޕްރޮޕަޓީތަކުން ގްރީން ޓެކްސް 6.00 ޑޮލަރުން 12.00 ޑޮލަރަށް އިތުރުކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން އެވެ. މި އިސްލާހު ވަނީ 13 މެމްބަރުންގެ ވޯޓުން ފާސްވެފަ އެވެ.

އެއާޕޯޓް ޓެކްސް އާއި ފީގެ ރޭޓް ބޮޑުކުރުމަށް ހުށަހެޅި ބިލް ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުއްލާ ޝިހާބެވެ. މި ބިލުގައި ހުށަހަޅާފައިވަނީ ޑިސެމްބަރު 2024 އިން ފެށިގެން ޑިޕާޗާ ޓެކްސް ރޭޓް އަމަލުކުރަން ފަށާ ގޮތަށް ބޮޑުކުރުމަށެވެ. މީގެ ތެރޭގައި އިކޮނޮމީ ކްލާހުގެ ޑިޕާޗާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް، ބިޒްނަސް ކްލާހުގެ ޓެކްސް 60 ޑޮލަރުން 120 ޑޮލަރަށް، ފަސްޓް ކްލާހުގެ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް، އަދި ޕްރައިވެޓް ޖެޓްތަކުގެ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް އިތުރުކުރުން ހިމެނެ އެވެ.

މި ބިލަށް ހޯމަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ރުހުން ލިބިފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ޓެކްސް ބޮޑުކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ